ads
އއ. މާޅޮހުގައި މަރައިލި އެ ރަށު އޯކިޑުމާގެ، އަބްދުއްރަހްމާން އާދަމް
އަބްދުއްރަހްމާންގެ މަރު: ސިޔާސީ މީހަކާއި، އިތުރު 2 މީހެއްގެ ތަކެތި ހިފަހައްޓައިފި
އއ. މާޅޮހުގައި ގޭގައި ނިދާފައި އޮއްވައި ބޮލަށް ހަމަލާދިނުމު މަރުވި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި އެރަށުގެ ތިން މީހެއް ބައެއް ސަމާނު ހިފަހައްޓައިފި އެވެ.
Advertisement

މި މަރުގެ ތަގުގީގުގައި ފުލުހުން އެރަށުގައި އަދިވެސް ހަރަކާތްތެރިވަމުން އަންނަ އިރު މި ތިން މީހުންނާއި ގުޅޭ ބައެއް ސާމާނު ހިފަހެއްޓީ އިއްޔެ އެވެ. އެގޮތުން އެ ތިން މީހުންނަކީ ސިޔާސީ މަގާމެއްގައިހުރި މީހަކާއި ސަރުކާރު ކުންފުންޏެއްގައި މަސައްކަތް ކުރާ ދެ މީހުންކަން ވަނީ އެނގިފަ އެވެ.

އެނގިފައިވާ ގޮތުން އެ މީހުންގެ ފޯނާއި އަންނަނައުނު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. ނަމަވެސް މި މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ރަސްމީކޮށް ވަކި އެއްޗެއް އަދި ނުބުނެ އެވެ.

އަބްދުއްރަހްމާން ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވަ އެވެ. އެ ގެއަކީ އޭނާގެ ހުވަފަތް އަންހެނުން، ނާޒިމާގެ ގެ އެވެ. އަބްދުއްރަހްމާންގެ ގާތިލު އޭނާއަށް ހަމަލާދިން ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާންގެ ދެމަފިރިން އެކަންޏެވެ.

އަބްދުއްރަހްމާން މަރައިލީ ސީދާ ކޮން ސަބަބަކާ ހެދި، ކޮންބައެއް ކަމެއް އަދި ނޭނގެ އެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް