
ހ. ފިލިމާގެ އުމުރުން 18 އަހަރުގެ އައިކަމް ހައިޝަމް ހަސަން
ފުލުހުން ރޭ ޗޭސް ކުރީ އެންމެ 18 އަހަރުގެ ޒުވާނެއް
މުހައްމަދު އާދަމް އަހްމަދު
10 އޯގަސްޓް 2025 - 12:04:48
ރޭ ހިނގި މި ހާދިސާގައި ފުލުހުންވަނީ ކާރެއް ފަހައި ބާރަށް ދުއްވައި އެ ކާރުން ހައްޔަރުކުރި ފިރިހެނަކީ 18 އަހަރުގެ ޒުވާނެއްކަމަށް ފުލުހުން ބުނެފިއެވެ.
ރޭ ގެ ހާދިސާއާއި ގުޅިގެން ފުލުހުންވަނީ އަންހެނަކުވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ މަޑުކުރަން އެންގުމުން މަޑުނުކޮށް، ބާރު ދުވެލީގައި ދިޔަ ކާރެއްގައި ތިބި ބައެއްކަމަށެވެ.
ރޭ ފުލުހުން ހުއްޔަރުކުރީ ހ. ފިލިމާގެ އުމުރުން 18 އަހަރުގެ އައިކަމް ހައިޝަމް ހަސަންއެވެ.
ފުލުހުން ބުނީ، ހުޅުމާލޭގައި ބާރު ދުވެލީގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން އެންގުމުން އެ ކާރު މަޑުނުކޮށް ހުޅުމާލޭގެ ދެ ފިޔަވަހީގައި ބާރު ދުވެލީގައި ދުއްވަމުން ދާތީ ފުލުހުން އެ ކާރު ފަހަތުން ދިއުމުން، ކާރުން ޖައްސައި ފުލުހުންގެ ސައިކަލެއް ވައްޓާލި ކަމަށެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް