މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ސްޓޭޓް މިނިސްޓަރު ހސަން ރަޝީދުއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އެވެ.
ހައުސިން މިނިސްޓްރީން ބުނީ މި މަސައްކަތް އާރުޑީސީއާއި ހަވާލުކުރީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށްކަމަށެވެ. އަދި މި މަސައްަތުގެ އަގަކީ 77 މިލިއަން ރުފިޔާކަމަށް މިނިސްޓްރީން ބުނެއެވެ.
ދާދި ފަހުން ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްވެސް އާރް.ޑީ.ސީ ހަވާލުކޮށްފައެވެ.