ads
ހ. ފިލިމާގެ އުމުރުން 18 އަހަރުގެ އައިކަމް ހައިޝަމް ހަސަން
ބާރު ސްޕީޑުގައި ކާރު ދުއްވި ޒުވާނާ ދޫކޮށްލައިފި
ހުޅުމާލޭގައި ފުލުހުން މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ބާރަށް ދުއްވި ކާރުގައި އިން ޒުވާން ފިރިހެން މީހާ ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.
Advertisement

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ފިލިމާގޭ، އައިކް ހައިޝަމް، 18، އެވެ. އޭނަ އަތުގައި ލައިސަންސެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިރޭ ބުނީ އެ ޒުވާނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން ރޭ ބުނީ ހުޅުމާލޭގައި ބާރު ދުވެލީގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން އެންގުމުން އެ ކާރު މަޑުނުކޮށް ހުޅުމާލޭގެ ދެ ފިޔަވަހީގައި ބާރު ދުވެލީގައި ދުއްވަމުން ދާތީ ފުލުހުން އެ ކާރު ފަހަތުން ދިއުމުން، ކާރުން ޖައްސައި ފުލުހުންގެ ސައިކަލެއް ވައްޓާލި ކަމަށެވެ.

އެހެންވެ، ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާވި ކަމަށާއި، އަނިޔާވި ފުލުހަށް ފަރުވާދޭން ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތު ދިނެވ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.


0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް