ads
ސިފައިންގެ ފްލެޓް
ސިފައިންގެ ފްލެޓުން ޑްރަގު ފެނި މީހަކު ހައްޔަރުކޮށްފި
ސިފައިންގެ ފްލެޓުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސިފްކޯ ފްލެޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ މީހެކެވެ. އެކަމަކު އެއީ ސިފައިންގެ މީހެއް ކަމެއް ނޭނގެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސިފްކޯ ފްލެޓުން ހައްޔަރުކުރި މީހާގެ ބަންދަށްވަނީ 15 ދުވަސް ޖަހާފައެވެ. މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ފުލުހުން ކުރާއިރު، އެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ދިރިއުޅޭ ފްލެޓާއި އޭނާއާ ގުޅުންހުރި އިތުރު ތަނަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނު ފެނިފައިވެ އެވެ.

އޭނާ ދިރިއުޅޭ ސިފްކޯ ފްލެޓްގެ ތެރެއިން ފެނުނު ތަކެއްޗަށް ވަނީ އިއުތިރާފުވެފަ އެވެ. ނަމަވެސް، ދެން މަސްތުވާތަކެތި ފެނުނު ތަނަކީ އޭނާއާ ގުޅުން އޮތް ތަނެއް ނޫން ކަމަށް ކޯޓުގައި ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް