ads
ސިފައިންނަށް ހާއްސަކޮށްފައިވާ ފްލެޓްތައް
ސިފްކޯގެ ފްލެޓަކުން ޑްރަގު ފެނިގެން ޒުވާނަކު ހައްޔަރުކޮށްފި
ސިފްކޯގެ ފްލެޓަކުން ޑްރަގު ފެނިގެން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
Advertisement

ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސިފްކޯ ސިފްކޯ ފްލެޓެއްގެ ތެރެއިން ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނެކެވެ. 

މި ޒުވާނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ.

ބަންދުގެ އަމުރުގައިވާ ގޮތުން އޭނާ ދިރިއުޅޭ ފްލެޓާއި އޭނާއާ ގުޅުންހުރި އިތުރު ތަނަކުން ގިނަ އަދަދެއްގެ ޑްރަގާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނު ފެނިފައިވެއެވެ. 

ކޯޓުގައި މި ޒުވާނާ ވަނީ އޭނާ ދިރިއުޅޭ ސިފްކޯ ފްލެޓްގެ ތެރެއިން ފެނުނު ތަކެއްޗަށް އިއުތިރާފުވެފައެވެ. އެހެންނަމަވެސް، ދެން ޑްރަގު ފެނުނު ތަނަކީ އޭނާއާ ގުޅުން އޮތް ތަނެއް ނޫން ކަމަށް ކޯޓުގައި ވަނީ އޭނާ ބުނެފަ އެވެ.

ފުލުހުން އޭނާގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ. އެ ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް