ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދުއެވެ.
ސަރުކާރުން ބުނީ މި ބިލު ހުށައެޅުމުގެ ބޭނުމަކީ ދިވެހި ރާއްޖޭގެ ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެެއްގެ ދަށުން ހިންގައި ބެލެހެއްޓުމަށްޓަކައި ދިވެހި ރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ގާނޫނީ އޮނިގަނޑު ކަނޑައަޅާ އެ ނިޒާމު ހިންގުމާއި ހަމަތަކާއި އުސޫލްތައް ބަޔާންކުރުންކަމަށެވެ.
މި ގާނޫނުގެ ދަށުން ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހެއެވެ. ނުވަ މެމްބަރުން ތިބޭ މި ކައުންސިލްގެ ޒިންމާއަކީ ޒަކާތުގެ ކަންކަމުގައި އިސްލާމިކް މިނިސްޓަރާއި ޒަކާތު ހައުސްއަށް ލަފާ ދިނުމެވެ.
ޒަކާތު ކައުންސިލް އެކުލިވެގެންވާ ގޮތް
މި ކައުންސިލްގެ ދައުރަކީ ފަސް އަހަރެވެ. ބިލްގައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހެއެވެ.