
ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު
ހައިކޯޓުގެ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ ކުރިމަތިލައްވައިފި
މުހައްމަދު އާދަމް އަހްމަދު
11 އޯގަސްޓް 2025 - 10:05:15
ހައިކޯޓުގެ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު ކުރިމަތިލައްވައިފިއެވެ.
ހައި ކޯޓުން ހުސްވި ދެ ގޮނޑިއަށް ފަނޑިޔާރުން ހޯދަން އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން 17 ބޭފުޅުން ކުރިމަތިލެއްވިއެވެ. އޭގެތެރެއިން އެ މަގާމުގެ ހުވާކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާއެވެ. ދެން އެ މަގާމަށް އައްޔަންކުރަން ނިންމި މުހައްމަދު ޝަހީދު ވަނީ ފަހުން ނަން އަނބުރާ ގެންދަވާފައެވެ.
ޝަހީދުގެ ބަދަލުގައި ފަނޑިޔާރުކަމަށް އައްޔަންކުރާނެ ބޭފުޅަކު ހޯދުމަށް މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނުގެ މުއްދަތު ހަމަވާނީ މާދަމާއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން ތެެރޭގައި ހިމެނޭ އިބްރާހިމް މާހިރު ފެމިލީ ކޯޓުގެ އިސް ގާޒީ މަގާމަށް އައްޔަންކުރީ އޮކްޓޫބަރު 13، 2022 ގައެވެ. އޭގެކުރިން އޭނާ ހުންނެވީ މަދަނީ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ. ފެމިލީ ކޯޓަށް ބަދަލުވީ މެއި 23، 2010 ގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް