
ގިނަ ބައެއްގެ ތައުރީފާއި އޮއްސާލި "ލޯބިން" އިތުރު ގިނަ ރަށްތަކެއްގައި ވެސް އަޅުވަން ވަނީ ހަމަޖެހިފައެވެ. އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމުގެ ޝޯތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާވެގެން ދާނެ އެވެ.
"ލޯބިން" އަކީ މި އަހަރު އޮލިމްޕަހަށް ގެނައި ތިން ވަނަ ފިލްމެވެ. މީގެ 25 ޝޯ އެ ސިނަމާގައި ދައްކާ ގޮތަށް ހަމަޖެހިފައިވެ އެވެ. އެގޮތުން، 7242555 އަށް ގުޅާލައިގެން ރަށްތަކުގައި އެޅުވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ޕްރޮޑަކްޝަނުން ހާމަކޮށްފައިވެ އެވެ.
އައިފިލްމްސްގެ ލޯބިން ފިލްމުގެ ކާސްޓުގައި ހިމެނެނީ ނުޒުހަތު ޝުއައިބާއި އިފްނާޒް ފިރާގުގެ އިތުރުން ތާތި އާދަމްއާއި އަހްމަދު ޝާކިރާއި އަހުމަދު ޝާރިފެވެ.
އަށާރަ އަހަރުން މަތީގެ މީހުން ބެލުމަށް އުފައްދާފައިވާ 'ލޯބިން' އަކީ މި އަހަރުގެ އެންމެ މޮޅު އެއް ފިލްމަށް ވުމުގެ ފުރުސަތު ބޮޑެވެ.
މުނިފޫހިފުލުވުމުގެ ދާއިރާގެ ގިނަ ބަޔަކު އަންނަނީ "ލޯބިން" އަށް ތައުރީފު އޮއްސަމުންނެވެ.