ads
ބ. ކަމަދޫގައި މިއަދު ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް ފަށުން
ބ. ކަމަދޫގައި މިއަދު ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފަށައިފި
ބ. ކަމަދޫގައި މިއަދު ބޭންކް އޮފް މޯލްޑިވްސް - ބީއެމްއެލް ގެ އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
Advertisement

ރައީސް ޑރ. މުއިއްޒު މި އޭޓީއެމް ހުޅުއްވައި ދެއްވީ މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫއަށް ވަޑައިގެންނެވެ.

ކަމަދޫގައި މި އޭޓީއެމްގެ ހިދުމަތް ފަށްޓަވައި ދެއްވައި ރައީސް ވަނީ އޭޓީއެމުން ފައިސާ ވެސް ނަންގަވައިފަ އެވެ. އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި ވެ.

އޭޓީއެމް ޚިދުމަތް ފެށުމާ ގުޅިގެން ބީއެމްއެލް އިން ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކޮށްފައިވެ އެވެ. ކަމަދޫ ކައުންސިލުގެ ފަރާތުން އެއާ ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް ޙަސަން ޒަރީރެވެ.

ކަމަދޫ ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ހިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ. މީގެ އިތުރުން ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް އޭޓީއެމް މެދުވެރިކޮށް ލިބޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް