ads
ރައްޔިތުން މަޖިލީހުގެ އާއްމު ކޮމެޓީ
އެކަށީގެންވާ މުސާރަ ނުލިބޭކަމަށް ބުނެ މެމްބަރުން ޝަކުވާކުރަނީ
މަޖިލީހުގެ މެމްބަރުންނަށް މިވަގުތު ލިބެނީ މަގާމުގެ މަސްއޫލިއްޔަތާއި އެކަށީގެން ނުވާ ކުޑަ މުސާރައެއްކަމަށް ބުނެ މަޖިލީހުގެ އާންމު ކޮމިޓީގައި ބައްދަލުވުމުގައި ބައެއް މެމްބަރުން ޝަކުވާ ކޮށްފިއެވެ.
Advertisement

ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ރިޔާޒް މަޖިލީހުގެ މެމްބަރުންނަށް ލިބެނީ ވަރަށް ބޮޑު މުސާރައެއްކަމަށް އާއްމުންނަށް ހީވެފައި އޮތްނަކަމަށެވެ. އެހެންނަމަވެސް މަސް ނިމޭއިރު ކޮންމެ މެމްބަރުކުވެސް ތިބޭނީ ނުތަވަނަސްކަމުގެ ތެރޭގައިކަމަށް އޭނާ ވިދާޅުވިއެވެ. 

" މާލެ އެރީއާގައި ދިރިއުޅެން މި ޖެހެނީ. ލިބޭ އެލަވަންސަކަށް މި ލިބެނީ 20،000 ރުފިޔާ. އަޅުގަނޑުމެން މަޖިލިސް މެމްބަރަކަށް ވީމާ އަދި އޭގެ ކުރިން ވެސް އުޅެން މި ޖެހެނީ އެންމެ ކުޑަމިނުން ތިން ރޫމް އެޕާޓްމަންޓެއްގައި. އެއި މިހާރު 24،000 ރުފިޔާ. މާނައަކީ 20،000 ރުފިޔާގެ އިތުރުން، އަތުން މިލަނީ 4،000 ރުފިޔާ" ރިޔާޒް ވިދާޅުވިއެވެ.

އަލިފުށީ ދާއިރާގެ މެންބަރު އަބްދުލްލަތީފް އަބްދުއްރަހުމާން ވިދާޅުވީ މަޖިލިސް ސަލާމުގައި ހުންނައިރު އެ ދުވަހަކަށް މުސާރަ ލިބުނަސް އެދުވަހަކަށް ކޮމެޓީ އެލަންވަންސް ނުލިބޭކަމަށެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އޭނާ ވަނީ އެކަން ކޮމެޓީެއަށް ހުށައަޅާދިނުމަށް އެދިފައެވެ. 

" އާއްމު ރައްޔިތުން ދެކޭ ގޮތުގައި މަޖިލިސް މެމްބަރުންގެ މުސާރައަކީ އެއް ލައްކަ ރުފިޔާ ނުވަތަ 85،000 ރުފިޔާ. ހަގީގަތަކީ އަޅުގަނޑުމެންގެ މުސާރައަކީ 42،500 ރުފިޔާ. ހާޒިރު ނުވެ ސަލާމުގައި ހުންނަ ދުވަހެއް ވިއްޔާ މަޖިލީހުގެ މުސާރަ އެބަލިބިލައްވާ އެކަމު ކޮމިޓީ އެލަވަންސެއް ނުލިބޭ. އެކަމަށް ރިއާޔަތް ކުރައްވައި ކޮމިޓީއަށް ހުށަހަޅައިދިނުމަށް އެކަން ފާހަގަކޮށްލަން،" އަލިފުށީ ދާއިރާގެ މެމްބަރު އަބްދުލްލަތީފް އަބްދުއްރަހުމާން ވިދާޅުވިއެވެ.

ކޮމެޓީގެ މުގައްރިރުކަން ކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ މުސާރަ މިނިސްޓަރެއްގެ މުސާރައަށް ވުރެވެސް ކުޑަކަމަށެވެ. 

"މަޖިލިސް މެމްބަރުންގެ މުސާރަ އާންމު ރައްޔިތުންނަށް މީގެ ކުރީގައި ވެސް އަދި މިއަދު ވެސް ގަބޫލު ކުރެވެނީ އެއީ ވަރަށް ބޮޑު މުސާރައެއްގެ ގޮތުގައި، 80،000 ނުވަތަ 90،000 ރުފިޔާ ކަމަށް. ހަގީގަތުގައި މުސާރައަކީ 42،500 ރުފިޔާ. އޭގެ ޒާތުގައި ވަޒީރަކަށް ވުރެ ވެސް ބޭސިކް ސެލަރީ ކުޑައޭ،" ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވިއެވެ.

ކޮމެޓީގެ މެމްބަރުންގެ ޝަކުވާތައް ހުރުމުން ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ މަޖިލީހުގެ ރައީސް އާއި މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރުމަށް ފަހު އެކަމުގައި ކުރިއަށްދާނެ ގޮތެއް ކޮމިޓީން ނިންމުމަށް ހުށައަޅާފައެވެ. އެ ހުށަހެޅުމަށް އެހެން މެމްބަރުން ތާއީދުކުރުމުން މިއަދުގެ ކޮމިޓީ ނިންމާލީ ދެން އަންނަ ކޮމިޓީއެއްގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;