އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް19ގެ ދަތިތަކާއި އެކު އަދި ރޯދަމަސް އައުމުން ކާޑަށް އައި ޑިމާންޑަށް ކޭޓާ ކުރުމަށް އެސްޓީއޯގެ މުވައްޒަފުން ބުރަކޮށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ފާއިތުރވި ހަތް ދުވަހުގެ ތެރޭގައި ރަށްރަށަށް ކާޑު ގެންދާ އޮޑިދޯނިފަހަރަށް 40،000 ބަސްތާ ކާޑު އަރުވާފައިވާ ކަމަށެވެ.
އަމްރު ވިދާޅުވީ ކާޑުގެ ދަތިކަމެއް ނެތްކަމަށާއި، މާލެ ސަހަރައްދުގެ ފިހާރަތަކަށް ކާޑު ގުދަނުން ކާޑު ގެންދެވޭނެކަމަށެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ ރަށްރަށުގައި ކާޑު ހުރި މަންވަރު ދެނެގަތުމަށް އެސްޓީއޯއިން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން 58 ރަށެއްގެ ކައުންސިލާއި ގުޅާފައިވާކަމަށާއި، އަދި ހުރިހާ ރަށަކަށް ގުޅާ ކާޑުގެ ދަތިކަމެއް އޮތްނަމަ ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.