ads
ބ. އަތޮޅު އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން އާރްޑީސީ އާ ހަވާލުކުރުން
ބ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި
ބ. އަތޮޅު އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ރޭ ހަވާލުކޮށްފި އެވެ.
Advertisement

މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބްދުﷲ ނާޒިމް ސޮއި ކުރެއްވީ ރޭ އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.

އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ނިމުމުން އާބަން ސެންޓަރުތަކުގައި ހުންނަންވާ ފެންވަރަށް ސިއްހީ ހިދުމަތް އޭދަފުށިން ލިބޭނެ ކަމަށެވެ.

މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 181.7 މިލިޔަން ރުފިޔާއަށެވެ. 50 އެނދުގެ މި ހޮސްޕިޓަލްގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލަކީ އެއަތޮޅުގެ ގިނަ ރައްޔިތުން ބަރޯސާވާ މައި ހޮސްޕިޓަލް އެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް އެތަކެއް ރައްޔިތުންނަށް ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލަށް ޒިޔާރަތްކުރެ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް