
އެންސްޕާއިން ބުނީ ފަގީރު ހާލަތުގައި ދިރިއުޅޭ މީހުން ކާބޯތަކެތި ގަތުމަަށް 697 މީހަކަށް އެހީ ދީފައިވާކަމަށެވެ. އެގޮތުން މިދިޔަ މަހު އެކަމަށް 25600 ރުފިޔާ ދޫކޮށްފައިވާކަމަށް އެންސްޕާއިން ބުނެ އެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ބުނީ ފަގީރުންގެ ލިސްޓުގައި 5،023 މީހުން ތިބިކަމަށެވެ.
މި އަހަރުގެ މުދަލުގެ ޒަކާތުގައި ގޮތުގައި ފަގީރުންގެ ކޮންމެ ބޮލަކަށް 5000 ރުފިޔާ ބަހާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މުދަލުގެ ޒަކާތުގެ ގޮތުގައި މިއަހަރުގެ އޭޕްރިލްގެ ނިޔަލަށް 46.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މިރާއިން ވަނީ ބުނެފަ އެވެ.
ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް 2852 ފަޤީރުން ރަޖިސްޓްރީވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގައި މުދަލު ޒަކާތުގެ ގޮތުގައި 34.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 23.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 47.6 އިންސައްތަ އިތުރު އަދަދެކެވެ.