
އެޗްޑީސީން ބުނި ގޮތުގައި، އެގްރިކަލްޗާ މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ރުއްތައް އިންދާފައިވަނީ ހުޅުމާލޭ ފޭސް 2ގެ ޗެނަލް ޕާކާ އިންވެގެން އޮންނަ ބީޗު ސަރަހައްދުގަ އެވެ.
0 ރުއް އިނދުމުގެ ހަފްލާގައި ވާހަކަދައްކަމުން އެގްރިކަލްޗާ މިނިސްޓަރު މާރިޔާ ވިދާޅުވީ ރުކަކީ ހަމައެކަނި ގަހެއް ނޫންކަމަށާއި، ރުކުގެ ކޮންމެ ބަޔަކީވެސް ވަކި ހާއްސަ ބޭނުންތަކަކަށް ބޭނުންކުރެވޭ ބައިތަކެއްއެކުލެވޭ، ދިރިއުޅުމުގެ މައިބަދަ ފަދަ އެއްޗެއް ކަމަށެވެ.
މިނިސްޓަރު ވަނީ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ރުއް އިންދުމުގެ މުހިންމުކަން ދެނެގަނެ، މި މަސައްކަތުގައި އެންމެން ގުޅިގެން ބައިވެރިވުމަށް ގޮވާލާފަ އެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ރުއް އިންދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރެއް ވިއެވެ.
ހުޅުމާލޭގައި އިންދި 60 ރުކަކީ، އެޗްޑީސީން ބުނި ގޮތުގައި، ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ 'ފަސް މިލިއަން ގަސް' އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް ކުރި ކަމެކެވެ.