ads
ބ. އަތޮޅު ހޮސްޕިޓަލްގައި މެމޯގްރަފީގެ ހިދުމަތް ރައީސް މުއިއްޒު މިއަދު ފައްޓަވައި ދެއްވާ ހޮސްޕިޓަލް ރައީސް ބައްލަވާ ލައްވަނީ - ފޮޓޯ: ރައީސް އޮފީސް
ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް އިފްތިތާހުކޮށްދެއްވައިފި
އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަތުމަށް ކުރާ ސްކޭނިން (މެމޮގްރަފީ) ގެ ހިދުމަތް ބ. އަތޮޅު ހޮސްޕިޓަލްގައި މިއަދު ފަށައިފި އެވެ.
Advertisement

މިހިދުމަތް އެހޮސްޕިޓަލުގައި އިފްތިތާހުކޮށްދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ.

ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަމްގެ ހިދުމަތް ފައްޓަވާދެއްވާފައިވާއިރު، ރާއްޖެއަކީ އާބާދީގެ ނިސްބަތުން ކެންސަރު ބަލި ގިނަ ގައުމެކެވެ. ކެންސަރު ބަލީގެ އެކި ބާވަތްތަކުގެ ތެރެއިންވެސް ރާއްޖޭގައި އެންމެ އާންމު ކެންސަރުތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ގިނަކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.

އޭދަފުށީގައި މެމޮގްރަފިގެ ހިދުމަތް ފެށިގެންދިޔުމާއެކު އެސަރަޙައްދުގެ ރައްޔިތުން އެހިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ނިމުމަކަށް އަންނާނެ އެވެ. އަދި މިހިދުމަތާއެކު އަންހެނުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތް އޭދަފުށީގައި އިތުރު ހަރުފަތަކަށް ޖެހިގެންދާނެ އެވެ.

މެމޮގްރަފީ އަކީ އުރަމަތީ ކެންސަރުގެ އެއްވެސް އަލާމާތެއް ބޭރުފުށުން ނުފެންނަ އިރު، އެ ބާވަތުގެ ކެންސަރު ޖެހިފައި ހުރިކަން ދެނެގަންނަން ހަދާ ޓެސްޓެކެވެ.

ކެންސަރ އަށް ސްކްރީން ކުރުމަށް މެމޮގްރަފީގެ ހިދުމަތް މިއަދު ބ. އަތޮޅުގައި ފެށި އިރު، ރާއްޖޭގެ އެހެން ރީޖަނަލް ހޮސްޕިޓަލްތަކުން ވެސް މި ހިދުމަތް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި އެ ހިދުމަތް މިހާރު ފުޅާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އިތުރު ހޮސްޕިޓަލްތަކުން ވެސް މެމޮގްރަފީގެ ހިދުމަތް ދޭން ރާވާފައިވެ އެވެ.

އެގޮތުން މިކަމަށް ހިންގާ ފުރަތަމަ ފޭހުގައި ހިދުމަތް ފެށުމަށް ރޭވިފައިވާ އަތޮޅުތަކުގެ ތެރޭގައި ބ. އަތޮޅުގެ އިތުރުން ހއ، ށ، ގއ. އަދި ފުވައްމުލައް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް