ads
ދިރާގު ވިން އަ ޑްރީމް ހޮލިޑޭގެ ނަސީބުވެރިންނާއި އިނާމު ހަވާލު ކުރުން - ފޮޓޯ: ދިރާގު
ދިރާގު ވިން އަ ޑްރީމް ހޮލިޑޭ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި
ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ "ވިން އަ ޑްރީމް ހޮލިޑޭ" ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.
Advertisement

މި ޕްރޮމޯޝަންގެ ދަށުން ސްވިޒަލޭންޑަށް ދެ މީހުން ދިއުމުގެ ފުރުސަތު، ޝަންގްހައި ޑިޒްނީލޭންޑަށް އާއިލާއާއެކު (2 މީހުންނާއި 2 ކުޑަކުދިން) ދިއުމުގެ ފުރުސަތު އަދި މެލޭޝިއާއަށް ދެ މީހުން ދިއުމުގެ ފުރުސަތު ދިރާގުން ހުޅުވާލި އެވެ.

މި ގޮތުން، މި އަގުހުރި އިނާމުތަކުގެ ނަސީބުވެރިންނަކީ:

  • ސްވިޒަރލޭންޑް ދަތުރު – ޝަމްރޫހް ޝަރީފް
  • ޝަންގހައި ޑިޒްނީލޭންޑް ދަތުރު – އަހްމަދު ޝިހާމް
  • މެލޭޝިއާ ދަތުރު – ހުސައިން ފަޒީލް

މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ދިރާގު ޕޯސްޓްޕެއިޑް 450 އަދި އެއަށްވުރެ މަތީގެ ޕެކޭޖުތަކަށް އަޕްގްރޭޑްކޮށްގެން ނުވަތަ ދިރާގު ލިމިޓެއް ނެތް ފައިބަރ ޕެކޭޖަކަށް ސަބްސްކްރައިބް ކޮށްގެންނެވެ.

އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު އެކި ޕޯސްޓްޕެއިޑް އަދި ލިމިޓެއްނެތް ފައިބަރ ޕެކޭޖްތައް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް