ads
ތުޅާދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފެށުމުގެ ތެރެއިން
ހަވާލުކުރީ އިއްޔެ، ތުޅާދޫ އެއާޕޯޓް އަޅާ ބިން ހިއްކަން ފަށައިފި
ބ. ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓު ގާއިމުކުރުމަށް ބޭނުންވާ ބިން ހިއްކަން ހަވާލުކުރިތާ 24 ގަޑިއިރު ނުވަނީސް އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
Advertisement

ތުޅާދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އިއްޔެއެވެ. 

މިދިޔަ އެމްޑީޕީގެ ވެރިކަމުގައިވެސް ބ. ތުޅާދޫގައި އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިއެވެ. އެހެންނަމަވެސް މި ސަރުކާރު އައުމަށްފަހު އެ މަޝްރޫއު އޮތީ ހުއްޓިފައެވެ.

ްއެމްޓީސީސީއާ މަސައްކަތް އިއްޔެ ހަވާލުކުރީ މިދިޔަ ސަރުކާރުން މި މަސައްކަތް ކުރުމަށް ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ)އާ އެކު ހެދި އެއްބަސްވުން އުވާލާފައެވެ. 

ތުޅާދޫ އެއާޕޯޓް ބިން ހިއްކަން މިއަދު ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތުޅާދޫއަށް މިއަދު ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ. 

your imageތުޅާދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފެށުމުގެ ތެރެއިން

މި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދު ﷲ މުއްތަލިބެވެ.

ތުޅާދޫ ބިން ހިއްކުުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 570 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކުރީ 660 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

މި މަސައްކަތުގެ ދަށުން 55.4 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 2،804 މީޓަރުގެ ރޮކް ރިވެޓްމަންޓާއި 1،677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖަހާނެއެވެ. ތުޅާދޫ އެއާޕޯޓުގައި 1،800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް އަޅާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް