
ތުޅާދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ނަޖާހު އެވެ. މީގެ އިތުރުން ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާޙިމް އާދިލް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުންގެ ހިދުމަތް ފަށާ، ރާއްޖޭގައި ކުށް މަދު ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެކެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމާއި ގޭންގް މާރާމާރީއަށް ހައްލު ގެނައުމަކީ މި ސަރުކާރުން ވަރަށް ބޮޑަަށް ބާރު އަޅައިގެން ކުރިއަށް ގެންދާ ކަމެކެވެ.
ރައީސް، ބ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ އެ އަތޮޅު ގޮއިދޫއަށެވެ.
ރައީސް ބ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެ މަނިކުފާނު އެންމެ ފަހުން ވަޑައިގަތީ މިދިޔަ ޖުލައި 21 ގައި ނ. އަތޮޅަށެވެ. އެ އަތޮޅުގެ 13 ރަށަކަށް އެ ފަހަރު ވެސް ވަޑައިގަތެވެ.