
ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ޖިނާއީ ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވި ބޭފުޅުންގެ ތެރޭގައި އެ ހާދިސާ ހިނގިއިރު ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި މިހާރުގެ ކޮމިޝަނަރު ނަވީނާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ރިޔާޒު އަދި މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް ހަސަން ޝިފާއު ހިމެނިވަޑައިގަންނަވައެވެ.
އެ މައްސަލާގައި ފުލުހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމާއި ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ފަދަ ސީރިއަސް ތުހުމަތުތައް ހިމެނެ އެވެ.
އެނގިފައިވާ ގޮތުގައި ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިން އެއިން އެއްވެސް ބޭފުޅަކާ ސުވާލުކޮށް ކަން ހިނގާފައިވާ ގޮތް ސާފުކޮށްފައި ނުވެއެވެ.
ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އޮޓަޕްސީ ހަދާފައި ނުވާތީ އެރަށު ރައްޔިތުން ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ އަދި އެ ތަހުގީގުގައި ފުލުހުންގެ އިހްމާލު އޮތްކަމަށް ބުނެ އެރަށުގައި ވަނީ އިހްތިޖާޖުވެސް ކޮށްފައެވެ.
ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް އެންމެ ފުރަތަމަވެސް ނެހެދީ އެކަމުގެ ތަޖުރިބާކާރު ޑޮކްޓަރަކު ދިން ލަފާގެ މަތިންކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ. ފުލުހުން ފަހުން ވަނީ ޒަކިއްޔާ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީ ފުލުހުން ވަނީ ހަދާފައެވެ. އެހެންނަމަވެސް އެ ރިޕޯޓް ބަލައިނުގަންނަ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.