މި ކޭމްޕު ބާއްވަނީ، ޓްރީ ޓޮޕުން ބުނި ގޮތުގައި، މި މަހު 15 އިން 16އަށް ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލުގަ އެވެ.
މި ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ހއ. އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6500093 އަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެއެވެ. މި ހެލްތު ކޭމްޕް އިންތިޒާމުކޮށް ކުރިޔަށް ގެންދަނީ ހއ. އަތޮޅު ހޮސްޕިޓަލާއި އަތޮޅު ކައުންސިލްގެ އިދާރާގެ އެހީތެރިކަމާއެކު އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ދަށުން މިއީ މި އަހަރު ބާއްވާ 3 ވަނަ ހެލްތު ކޭމްޕެވެ. މި ޕްރޮގުރާމުގެ މަގުސަދަކީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ފެންވަރު ރަނގަޅު ހިދުމަތްތައް ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.