ads
ޕީޕީއެމް / ޕީއެންސީން ހިންގި އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން
އަޅުގަނޑު 'އިންޑިއާ އައުޓް' ޓީޝާޓްލީ ފޮޓޯއެއް ނުހުންނާނެ: ހަލީލް
ޕީޕީއެމް-ޕީއެންސީ ހިންގި 'އިންޑިއާ އައުޓް' ކެމްޕެއިންގައި އެހެން ލިޔެފައިވާ ޓީޝާޓެއް ލައިގެން ހުންނެވި ފޮޓޯއެއް ނޫޅޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ހަލީލް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

ނާޒިލްގެ ސުވާލަކަށްވީ 'އިންޑިއާ އައުޓް' ޖެހި ޓީޝާޓެއްގައި ހުންނެވިންތޯ މިހެންނެވެ. ނާޒިލްގެ އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލު ވިދާޅުވީ އޭނާގެ އެފަދަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ނޫޅޭ ކަމަށެވެ.

"ސޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައިނުގަންނަވާނެ ' އިންޑިއާ އައުޓް' ޓީޝާޓް ލައިގެން އަޅުގަނޑު ހުއްޓާ. އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެދާނެ،" ނާޒިލްގެ ސުވާލަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި މެ،ްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ ޓްއަރިޒަމް ބޮއިކޮޓްކުރަން ގޮވާ ރާއްޖެއަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރީ އިދިކޮޅު އެމްޑީޕީންކަމަށެވެ. ހަލީލް މިހެން ވިދާޅުވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ސުވާލު ކުރެއްވުމުން ޖަވާބު ދައްވަމުންނެވެ. އަމީންގެ ސުވާލަކަށްވީ 'އިންޑިއާ އައުޓް' ކެމްޕެއިނަކީ އިދިކޮޅުގައި އޮތް އިރު ހެދި ގޯހެއް ކަމަށް މިނިސްޓަރު ގަބޫލު ކުރައްވަންތޯއެވެ.

"އިއްޒަތްތެރި މެމްބަރަށް އެނގިވަޑައިގަންނަވާނެ، އިޒަތްތެރި މެމްބަރު ނިސްބަތްވެވަޑައިގަންވާ ޕާޓީ [އެމްޑީޕީ]ން މީގެ ކުރިން އެބަހުރި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އެކި ތަންތަނަށް ވަފުދު ހަދައިގެން ގޮސް، ބޮއިކޮޓް ކުރުމަށް މަސައްކަތްތަކެއް ކުރައްވާފައި،" އެ ސުވާލަށް ސީދާ ޖަވާބު ނުދެއްވައި ހަލީލު އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ވިދާޅުވިއެވެ.

އިދިކޮޅުގައި ޕީޕީއެމް ޕީއެންސީ އޮތް ދުވަސްވަރު ހިނގި 'އިންޑިއާ އައުޓް' ކެމްޕެއިންގައި މިހާރު ރައީސް ޑރ. މުއިއްޒު އާއި މި ސަރުކާރުގެ ވަޒީރުން ވަނީ 'އިންޑިއާ އައުޓް' ޖެހި ޓީޝާޓް ލައިގެން އިހްތިޖާޖުތަކުގައި ބައިވެރިވެފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް