ads
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މަޖިލީހުގައި ވާހަކަ ދައްކަވަނީ
ސިޓީ އާންމުނުކުރި ނަމަ ފޯޅަވަހި މައްސަލައިގައި ކުރިއަށް ދެވޭނެ: ހަލީލް
ޗާގޯސް ނުވަތަ ފޯޅަވަހީގެ ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ރާއްޖެއިން ބަލައިގަނެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އާއްމު ނުކުރިނަމަ އެ މައްސަލައިގައި ކުރިއަށް ދެވޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ފޯޅަވަހީގެ ރަށްތަކުގެ މައްސަލާގައި މޮރިޝަޝްއަށް ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފޮނުވި ސިޓީ ރަސްމީކޮށް އާއްމުކުރީ މި ސަރުކާރުންނެވެ. އެ ސިޓީ މި ސަރުކާރުން އާއްމުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާ ބެހޭގޮތުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކޮށް 19 ޑިސެމްބަރު 2023ގައި ނެރުނު ބަޔާނާ އެކީގައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ ކުރީގެ ސަރުކާރުން ފޮނުވި ސިއްރު ސިޓީގެ ސަބަބުން ދިވެހި މަސްވެރިން، މަސްވެރިކަން ކުރަމުންދިޔަ ކަނޑުގެ ބޮޑު ސަރަހައްދެއް ދިވެހިންނަށް ގެއްލިގެންދިޔަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށްވެސް ބުރޫ އަރާފައިވާ ކަމަށެވެ.

ހަލީލް ވިދާޅުވީ މޮރިޝަޝްއަށް ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފޮނުވި ސިޓީ އާއްމު ނުވިނަމަ އެ މައްސަލާގައި ކުރިޔަށް ދެވުނީސްކަމަށެވެ.

"ހަގީގަތަކީ އެ ސިޓީ ބޭރުނުވި ނަމަ، މިދިޔަ ސަރުކާރުން ދޫނުކުރިނަމަ އެ ކަނޑުގެ މައްސަލަ އާއި ފޯޅަވަހީގެ މައްސަލައަކީ ވަރަށް ސާފުކޮށް ދިވެހިންނަށް ކުރިއަށް ދެވެން މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މައްސަލައެއް،" ހަލީލު ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ އެ މައްސަލާގައި އަދުގެ ސަރުކާރުން މިހާރު ކުރާ މަސައްކަތަކީ ބޭރުގެ އެކިއެކި ވަކީލުން ހޯދައިގެން އެ މައްސަލަ އިތުރަށް ރިވިއު ކުރުމުގެ މަސައްކަތްކަމަސެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް