އިޒްރާއީލް ޕާސްޕޯޓު މަނާކުރުމުން ރާއްޖެއަށްވީ ފައިދާ ކަމަށާއި އިސްލާމީ ގައުމުތަކުން އަންނަ ފަތުރުވެރިން އިތުރުވެއްޖެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

Advertisement
މަޖިލީހުގައި މެމްބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަަށުން އިޒްރޭލް ޕާސްޕޯޓް މަނާކުރުމުން ރާއްޖެއާއި އަރަބި އިސްލާމީ ގައުމުތަކުގެ ގުޅުން ވަރުގަދަވެ، ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެ ބަލައިގަތް ކަމަށެވެ.
" އެއީ އިސްލާމީ އުންމަތާ ގާތްވެގެން ދިއުން އެއް ކަމަކަށް، ދެވަނަ ކަމަކަށް ތި ބޭފުޅުންނަށް ޓޫރިޒަމް އެރައިވަލް ބައްލަވާލާފިއްޔާ ފެނިވަޑައިގަންނަވާނެ، އިސްލާމީ އެކިއެކި ގައުމުތަކުން ރާއްޖެ އަންނަ އަދަދު އިތުރުވެގެން ހިނގައްޖެ، ރާއްޖޭގެ ޓޫރިޒަމް ސްޓެޓިސްޓިކްސްއަށް ބަލާއިރުގައި އެ އަދަދުތައް އިތުރުވެގެން ހިނގައްޖެ" ހަލީލް ވިދާޅުވިއެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލައި އެ ގައުމުގައި އިޒްރޭލުން ހިންގާ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލުމުގައި އިސްކޮށް ހަރަކާތްތެރިވީ ރާއްޖެކަމަށެވެ.
"އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާ ވުން މަނާވެގެން ދިޔައީ، ހަގީގަތަކީ އެކަމުގެ ސަބަބުން އިސްލާމީ އުންމަތުގެ ވަރަށް ބޮޑު ތައުރީފު ދިވެހި ގައުމަށް ލިބިގެންދިޔަ، އަދި އެކަމުގެ ނަތީޖާ މިއަދު ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ވިލާތުގެ އެކިއެކި ގައުމުތައް ވެސް މިއަދު އެ ވަނީ ގައްޒާގެ ދިފާއުގައި ފަލަސްތީނުގެ ދިފާއުގައި ނުކުމެ އަޑު ހަރުކޮށް ވާހަކަދައްކަން ފަށާފައި،" ހަލީލް ވިދާޅުވިއެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމީ އެބިލް މަޖިލީހުގައި އޮންނަތާ 11 މަސް ފަހުންނެވެ.