ads
ދޮންފަނު ކައުންސިލްގެ ރައީސް އިރުޝާދު ވާހަކަ ދައްކަވަނީ
ރައީސް އިންނެވީ ކުރިމަތީ، ކުޑަކުޑަ ދޮންފަނުން އެދުނީ މާލީ ބާރުވެރިކަން ހަނިނުކުރަން
ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ހަނިކުރަން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގުނުކުރަން ދޮންފަނު ކައުންސިލުގެ ރައީސް އަހްމަދު އިރުޝާދު، ރައީސް މުއިއްޒު އަރިހުން އެދިވަޑައިގެންފި އެވެ.
Advertisement

އިރުޝާދު މިގޮތަށް އެދިވަޑައިގެން ވާހަކަ ދެއްކެވީ ރައީސް ޑރ. މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދޮންފަނު ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް މުއިއްޒު ވާހަކަ ދައްކަވާ ނިންމެވުމުން ދެން އަރާ ޖަލްސާގައި ވާހަކަ ދައްކަވަމުން ދޮންފަނު ކައުންސިލްގެ ރައީސް އަހްމަދު އިރުޝާދު ވިދާޅުވީ ދޮންފަނުގެ ތަރައްގީއަށް އިމާރާތަކަށްވުރެ ކައުންސިލަށް މާލީ ބާރުވެރިކަން ލިބުން މާ މުހިއްމުކަމަށެވެ. 

" ދޮންފަނުގެ ތަރައްޤީއަށް އޮތް އެންމެ ބޮޑުއ އުއްމީދަކީ ލާމަރުކަޒީ މާލީ ބާރުވެރިކަން. އެއީ ކައުންސިލް އިމާރާތަކަށްވުރެ މާ މުހިއްމުކަމެއް. ރައްޔިތުން މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބައެއް އިސްލާހުތަކާއި މެދު ނުހަނު ކަންބޮޑުވޭ." ދޮންފަނު ކައުންސިލްގެ ރައީސް އިރުޝާދު ވިދާޅުވިއެވެ.

your imageރައީސް މުއިއްޒު، ދޮންފަނު ކައުންސިލްގެ ރައީސް އިރުޝާދު އަދި ކައުންސިލްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު 

މި ސަރުކާރަކީ ރައްޔިތުންގެ ބޭނުމަށް ވިސްނާ ޗަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތައް ބަދަލުކޮށްފައިވާ ސަރުކާރެއްކަމުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގު ނުކުރެއްވުމަށް އިރުޝާދު ވަނީ ރައީސް މުއިއްޒު އަރިހުން އެދިވަޑަައިގެންފައެވެ.

" މަނިކުފާނަކީ ރައްޔިތުންގެ އަޑުއަހާ ސަރުކާރުގެ ނިންމުންތަކަށް ބަދަލު ގެންނަވާ ވެރިއެއް. ސަރުކާރުގެ ދޮޅު އަހަރު ދުވަހުގެ ތެރޭ އެކަން ފެނިގެން ގޮސްފައިވާ... ކައުންސިލްތަކުގެ އާމްދަނީ ދަށްވާނެ އިސްލާހުތައް ތަސްދީގު ނުކުރެއްވުމަށް އެދެން." ދޮންފަނު ކައުންސިލްގެ ރައީސް އިރުޝާދު އެދިވަޑައިގަތެވެ.

ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް