ads
ބޫމީ--
ޖަނަވާރުންނަށް ހެޔޮކޮށް ހިތަން ދަސްކޮށްދޭން ޖެހޭ: ބޫމީ
މަޝްހޫރު ބޮލީވުޑް ތަރި ބޫމީ ޕެޑްނޭކަރް އިން، ދިއްލީ-އެން.ސީ.އާރް އިން މަގުމަތީގެ ކުއްތާތައް އެއްކޮށް ނެގުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަށް ދެކޮޅު ހަދައިފި އެވެ.
Advertisement

އޭނާ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ މި މައްސަލަ ހައްލުކުރެވޭނެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ބޫމީ ބުނި ގޮތުގައި، މަގުމަތީގގައި އުޅޭ ކުއްތާތައް ނެގުމުގެ ބަދަލުގައި، އެހެން ގޮތްތަކެއް ބޭނުންކުރުން މާ ރަނގަޅެވެ.

އޭނާ މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން، އޭނާ ގެންގުޅޭ ކުއްތާ ބްރޫނޯގެ ވާހަކަ ކިޔައިދިނެވެ. ބްރޫނޯއަކީ ވެސް ކުރިން މަގުމަތީގެ ކުއްތާއެއް ކަމަށް ބޫމީ ބުންޏެވެ. ބްރޫނޯ، ބޫމީގެ ގޭގައި އުޅެން ފެށީ ކުޑަ ކުޑަ ޒަހަމްތަކެއް ލިބިފައިވާ ކުއްތާއެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ބޫމީ ބުނި ގޮތުގައި، ބްރޫނޯއަށް އެ ޒަހަމްތައް ލިބުނީ ކުޑަކުދިންގެ ފަރާތުންނެވެ. ނަމަވެސް އޭނާ ބުނީ އެއީ ކުޑަކުދިންގެ ކުށެއް ނޫން ކަމަށާއި، އެއީ ޖަނަވާރުންނަށް ހެޔޮކޮށް ހިތަން ދަސްކޮށްދީފައި ނެތުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. 

ބޫމީގެ ހިޔާލުގައި، ހާހަކަށް ވުރެ ގިނަ މަގުމަތީއި އުޅޭ ކުއްތާތައް ޝެލްޓަރުތަކަށް ފޮނުވުމަކީ ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ގަބޫލުކުރަނީ، އެ ކުއްތާތަކަށް ކާންދީ، ބަލަހައްޓައި، އަދި އެތަކެތީގެ ނަސްލު އިތުރުވިޔަ ނުދިނުމަކީ (ސްޓެރިލައިޒްކުރުން) އެއީ މާ ރަނގަޅު ގޮތްތަކެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް