މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދު ﷲ މުއްތަލިބްއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓެޔާރޑް) އަހްމަދު ސައުދީއެވެ.
މި މަޝްރޫއުގެ ދަށުން 13 ހެކްޓަރުގެ ބިންހިއްކައި، ހިއްކާ ބިމުގެ ވަށައިގެން 1229 މީޓަރުގެ ރިވެޓްމަންޓް އަދި 125 މީޓަރުގެ ބްރެކްވޯޓާއެއް ލާނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 25 މީޓަރުގެ 2 ފައިކަށި، 15 މީޓަރުގެ 1 ފައިކަށި ލެވި، ބަނދަރުގައި 42 މީޓަރުގެ ޖެޓީއެއް ހަދާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އާބާދީ 800 އިން މަތީގައި އުޅޭ ދޮންފަނުން ގޯތި ދޫނުކުރާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވަނީ ވެފައެވެ.