ads
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)
ޑޮލަރު މައްސަލަ ހައްލުވާނީ ވެރިކަމުގެ މުއްދަތު ދަންމާލައިގެން : އުއްޗު
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުވާނީ ވެރިކަމަށް އަންނަ މީހެއްގެ ދައުރުގެ މިހާރު މިއޮންނަ ފަސް އަހަރުގެ ބަދަލުގައި މުއްދަތު ދަމާލައިގެންކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
Advertisement

އުއްޗު މިހެން ވިދާޅުވީ ޔޫޓިއުބް ޗެނަލް ދެނޯގެ އެޕިސޯޑެއްގައި ވާހަކަދައްކަވަމުންނެވެ. 

އުއްޗު ވިދާޅުވީ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ރާއްޖެއަކީ އެންމެ ގިނަ އަދަކަކަށް ޑޮލަރު ވަންނަ އެއް ގައުމުކަމަށެވެ.

" ދިވެހި ރާއްޖެއަކީ ޑޮލަރު ހަމަ ވާރޭ ވެހޭ ހެން ވެހޭ ތަނެއް. މުޅި ދުނިޔޭގެ ނިސްބަތުން އެކަން އެންމެމްވެސް ގަބޫލުކުރަން ޖެހޭނެ." އުއްޗު ވިދާޅުވިއެވެ.

އުއްޗު ވިދާޅުވީ ކިތަންމެ މީސްކޮޅު މަދުނަމަވެސް ރާއްޖެއަކީ ނިސްބަތުން ބޮޑު ތަނެއްކަމަސެވެ. އެގޮތުން 200 ވަރަކަށް ރަށުގައި މީހުން ދިރިއުޅޭއިރު، އެ ހުރިހާ ތަނަކަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދޭންޖެހޭކަން ފާހަގަކުރައްވާ އެއީ ރާއްޖެ އުފެދިފައިވާގޮތުން ބޮޑެތި ހަރަދުތަކެއް ހިނގާކަމެއްކަމަށެވެ. 

އުއްޗު ވިދަޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން ލޯނު ނަގަން ޖެހޭކަމަށާާއި  ރައްޔިތުން ބުންޏަސް ނުބުންޏަސް ވެރިން ލޯނު ނަގާނީ ރައްޔިތުން އެދުމުންކަމަށެވެ. އަދި އެ ހުރިހާކަމެއް ކުރަން ޑޮލަރުވެސް ޖެހޭނީ ލޯނު ނަގަންކަމަށް އުއްޗު ވިދާޅުވިއެވެ. 

އެއްޗު ވިދާޅުވީ ޑޮލަރު މައްސަލަ ހައްލުވާނީ ރާއްޖޭގެ ރަށްތައް ހުރި ގޮތުން ވެރިކަމަށް އަންނަ މީހަކަށް އޮތް ފަސް އަހަރުގެ މުއްދަތު އިތުރުކޮށްގެންކަމަށެވެ. ސަބަބެއްކަމަށް އުއްޗު ވިދަޅުވީ ރާއްޖެއަކީ ބޭރުން ހުރިހާ އެއްޗެއް އެތެރެކުރަން ޖެހޭ ގައުމަކަށް ވުމުން ރައްޔިތުން އެދޭކަންކަނ ކުރަން ބޮޑެތި ހަރަދުތައް ހިގާނެތީކަމަށެވެ.  

" އެހެންވީމާ މުއްދަތް މާކުޑައީ ވެރިންނަށް. ކޮންމެ ވެރިޔަކު ހުއްޓަސް. އެހެންވީމާ އެންމެ މަފދުވެގެންވސް 10 ވަރަކަށް ނުވަތަ 15 ވަރަކަށް އަހަރު ވެރިޔަކަށް ލިބިގެން ނޫނީ ނުކުރެވޭނެ މިކަމެއް. ފުރަތަމ އެކަމެއްވެސް ނުކުރެވޭނެ، ޑޮލަރުވެސް އަގު ދަށަކަށް ނުދާނެ. ރައްޔިތުންގެ މި ޑިމާންޑް އޮންނަ ވަރާ ބަލާފަ." އުއްޗު ވިދާޅުވިއެވެ.

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ވަނީ ރިސޯޓްތަކުން ޑޮލަރު ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތް ހަދާފައެވެ. 

 

 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް