ބައެއް މިނިސްޓަރުންނާއި ބައެއް މުއައްސަސާތަކުގެ ވެރިންނާއެކު މުއިއްޒު ކުރެއްވި އެ ދަތުރުގައި ބ. އަތޮޅުގެ ކައުންސިލްތަކާއި ރައްޔިތުންނާއި ބައްދަލުކުރައްވައި ވެވަޑައިގެންފައިވާ ވައުދުތައް ތަކުރާރުކުރައްވައި، އައު ވައުދުތަކެއް ވެސް ވެފަ އެވެ.
މި ދަތުރަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މުއިއްޒު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރެކެވެ.
ބ. އަތޮޅުގެ ރަށްރަށުގައި ނިމިފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވައި އަދި އަލަށް އެކި މަޝްރޫއުތައް ފެށި މި ދަތުރުފުޅުގައި ރައީސް ވަނީ 13 ރަށަކަށް ވަޑައިގެންފަ އެވެ. އެއީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ޒިޔާރަތްކުރެއްވި އެވެ.