ads
އުމްރާއަށް ދާން ފުރަން ގޮސް ތިބި ބައެއް
އަސްކޮއި ގްރޫޕުން 'ލަނޑު' ދިން މީހުން، ފައިސާ ނުލިބިގެން ކޯޓަށް
އުމްރާއަށް ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި އަސްކޮއި ގުރޫޕުން ލަނޑުދިން މީހުން އެ މީހުން ދެއްކި ފައިސާ ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.
Advertisement

އުމްރާއަށް ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި އަސްކޮއި ގުރޫޕުން ލަނޑުދިން މައްސަލަ ފެންމަތިވީ މިދިޔަ މަހު 17 ގައެވެ. މިއީ އެ ޖަމާއަތުން ބަޔަކަށް މި ގޮތަށް ލަނޑުދިން ތިންވަނަ ފަހަރެވެ 

އެއް އާއިލާއަކަށް ނިސްބަތްވާ  ހަ މީހަކު ވަނީ އުމްރާއަށް ދާން އެ ގްރޫޕަށް މީހަކަށް 42،000 ރުފިޔާގެ ރޭޓުން ޖުމްލަ 252،000 ރުފިޔާވެސް ދައްކާފައެވެ. އެހެންނަމަވެސް އުމްރާއަށް ނުގެންދެވޭނެކަން އަންގާ މީހުންނަށް ވަނި ލަނޑު ދީފައެވެ. 

އަސްކޮއި ގްރޫޕުން އެމީހުންނަށް ލަނޑުދީ އުމްރާއަށް ނުގެންދިޔައީ އުމްރާއަށް ފުރަން ހަމަޖެހިފައިވާކަން އެންގުމަށްފަހު، މިވަގުތު ސައުދީ އަރަބިއްޔާއަށް ދަތުރުކުރުން ރައްކާތެރި ނޫންކަމަށާއި، ގަލްފުގެ ނުރައްކާތެރިކަން ރަނގަޅުވުމުން ދަތުރުކުރަން ކުންފުނިން ބޭނުންނުވާކަމަށް ބުނެއެވެ. 

އަސްކޮއި ގްރޫޕަށް ފައިސާ ދައްކި މީހުން ބުނީ އުމްރާއަށް ނުގެންދިޔަތާ އެމީހުންގެ ޕާސްޕޯޓްވެސް ލިބުނީ އެ ގްރޫޕަށް ގުޅާތާ މަސްދުވަސް ވީ ފަހުންކަމަށެވެ. އެހެންނަމަވެސް އުމްރާއަށޤ ދާ ދެއްކި ފައިސާ މިހާތަނަށްވެސް ލިބިފައި ނުވާކަމަށް އެމީހުން ބުނެއެވެ. 

ލަނޑު ލިބުނު މީހުން ބުނީ މި މައްސަލަ ހައްލުކޮށްދޭން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ އެބްމެ އެދެވޭ ގޮތުގައި މަސައްކަތް ކޮށްދޭ ތަން ނުފެންނެކަމަށެެވެ. އަދި ފައިސާ ހޯދަން ސިވިލްކޯޓަށް މައްސަލަ ހުށައަޅަން ފުލުހުން އެދިފައިވާކަމަށްވެސް އެމީހުން ބުނެެއެވެ. އެހެންކަމުން އެ މައްސަލަ ކޯޓަށް ހުށައެޅުމަށް ތައްޔާރުވަމުން އަންނަކަމަށް އެމީހުން ވަނީ ބުނެފައެވެ. 

އިސްލާމިކް މިނިސްޓްރީން މިހާތަނަށް އަސްކޮއި ގްރޫޕަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ބުނީ އެ ގުރޫޕުގެ ހުއްދަ ހިފަހައްޓާ އަނެއްކާވެސް ޖޫރިމަނާކުރަން ނިންމުމެވެ.  
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް