ads
ޑޮލަރު
ފުލުހުން ހިފެހެއްޓި އެތައް ހާސް ޑޮލަރެއް ގެއްލިއްޖެ، މައްސަލަ ބަލަނީ
ފުލުހުން ހިންގި އޮޕަރޭޝަނަކުން ހިފަހެއްޓި ފައިސާތަކުގެ ތެރެއިން 30،000 ޑޮލަރު ގެއްލުނު މައްސަލަައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ އިދާރާއިން މިރޭ ބުނެފި އެވެ.
Advertisement

ފުލުހުން މިރޭ ބުނީ މިއީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު 15ވަނަ ދުވަހު ހުށަހެޅުނު މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާތަކެއް ކަމަށެވެ.

އެގޮތުން އެ ފައިސާގެ ޖުމްލަ، ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ފުލުހުންގެ ކްރިިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި 30،000 ޑޮލަރުގެ ފަރަގެއް ވަނީ ފާހަގަވެފަ އެވެ. މިކަން ފާހަގަވެފައިވަނީ އިއްޔެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

"ހަލާކުވެފައިވާ ފައިސާ ވެސް، ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ އެކަން ފޮރެންސިކް މެދުވެރިކޮށް ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދޭތީވެ، މިއީ ކޮން މައްސަލައެއްގައި ހިފަހެއްޓި ފައިސާއެއް ކަމެއް އަދި ސާފެއް ނޫނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް