
މި އެވޯޑް ޝިދާތާއަށް ލިބިލެއްވި ކޮލަމްބޯގައި އޭޝިއާސް އައިކަން އެވޯޑްސްގެ ދެވަނަ ސީޒަންގައި މިއަދު ހަވީރު ބޭއްވުނު ހަފްލާއެއްގަައި "އެކްސެލެންސް އިން ސޯޝަލް ސާވިސް" ގެ ދާއިރާއިންނެވެ.
އޭޝިއާސް އައިކަން އެވޯޑްސްއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ. މި އެވޯޑް ލިބެނީ އޭޝިއާގެ އެކި ދާއިރާތަކުން އިސްތިސްނާ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތްތަކަށެވެ.
އޭޝިއާސް އައިކަން އެވޯޑްސްއަކީ އޭޝިއާގެ ތަފާތު ދާއިރާތަކުން ކުރިއެރުން ހޯދާފައިވާ ފަރުދުންނާއި ޖަމިއްޔާތަކުގެ އުފެއްދުންތެރިކަން ފާހަގަކުރުމަށް ހާއްސަކޮށްގެން ދެވޭ އެވޯޑެކެވެ.
ޝިދާތާ ޝަރީފް އޭޝިއާސް އައިކަން އެވާޑާއެކު
އޭޝިއާސް އައިކަން އެވޯޑްސްއަކީ 2017 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި އުފެދުނު އެންޔެލްޕް ގްރޫޕްސް އިން އިންތިޒާމްކޮށްގެން ބާއްވާ އެވޯޑު ހަފްލާއެކެވެ. މި ކުންފުންޏަކީ ޓެކްނޮލޮޖީގެ ވަސީލަތްތައް ކަމަށްވާ އާރް، ވީއާރް އަދި އޭއައި ބޭނުންކޮށްގެން ހާއްސަ އިވެންޓްތައް ރާވާ ކުންފުންޏެކެވެ. އަދި އެންޔެލްޕް ގްރޫޕްސްއިން "ޕްރައިޑް އޮފް ކަނާޓަކާ" އާއި "ޓޯނިވަލް" ފަދަ އިވެންޓްތައް ވެސް ބާއްވައެވެ.
މި އެވޯޑުތައް ލިބޭ ފަރާތްތަކަށް އޭޝިއާ ޓީވީތަކުގައި ޕީއާރް ކަވަރޭޖް ދޭކަމަށާއި އަދި އެވޯޑް ހަފްލާގައި ބައިވެރިވާ ފަރާތްތަކަށް ކޮލަމްބޯއަށް ދަތުރުކުރުމަށާއި އެ ތަނުގައި ތިބުމަށް ހާއްސަ ޕެކޭޖްތައް ވެސް އޮވެއެވެ. އެވޯޑު ހަފްލާގައި ޕެނަލް ޑިސްކަޝަންތަކާއި ގާލާ ޑިނާ ފަދަ ހަރަކާތްތައް ވެސް ހިމެނެއެވެ.