ads
ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓްގައި ނިޔާވި އަންހެން މީހާ
ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ
ލ އަތޮޅު ކައްދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 64 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.
Advertisement

‘ސީއެންއެމް’ އަށް މައުލޫމާތު ދެމުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މި ހާދިސާ ހިނގާފައިވަނީ މިރޭ 7:20 ހާއިރު، ފޮނަދޫއިން ގަމަށް ދަތުރުކުރަމުންދިޔަ ސައިކަލެއް، ކައްދޫ އެއާޕޯޓް ސަރަހައްދުން މަގު ހުރަސްކުރަމުންދިޔަ ދެ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. 

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން، އެ އަންހެން މީހާއާއެކު މަގު ހުރަސްކުރި އޭނާގެ މާމަ ދަރިއަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި ސައިކަލް ދުއްވަމުންދިޔަ ފިރިހެނާގެ މޫނުމައްޗަށް ވެސް އަނިޔާ ތަކެއް ލިބިފައިވާ ކަމަށް  ފުލުހުން ބުނެއެވެ.

މި  ހާދިސާ ތަހުގީގުތައް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް