ads
ރައީސް މައުމޫން
ރިޝްވަތެއް ނުދެން. ޔާމީން ހެއްދެވީ ދޮގު، ފިޔަވަޅު އަޅާނަން: މައުމޫން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން ސްުޕްރީމްކޯޓުގެ ފަޑިޔާރުންނނަށް އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ރިޝްވަތު ދެއްވިކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަތަކަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއްކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
Advertisement

ދާދި ފަހުން ރައީސް ޔާމީން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް ޖަލަށްލީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަންޑިޔާރުންނަށް ރިޝްވަތު ދިނުމުންކަމަށެވެ.  އަދި އެކަމުގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނުވެސް ބައިވެރިވިކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. 

" ކިހިނެއްވެގެންތޯ މައުމޫން ޖަލަށްލީ؟ ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް ރިޝްވަތު ދިނީ ކޮންބައެއްތޯ؟ ފާރިސް މައުމޫން އާއި މައުމޫން އާ ދެއްވީ، ޖާބިރު އަތުން ލާރި ނަގައިގެން، އެއީ ސުޕްރީމް ކޯޓުގެ 2018 ވަނަ އަހަރުގެ އަމުރު ނުކުތް ގޮތަކީ އެއީ،" ޔާމީން ވިދާޅުވިއެވެ.

މި ވާހަކަތަކާއި ގުޅިގެން ރައީސް މައުމޫންގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ރައީސް މައުމޫނާއި އެއްވެސް ގުޅުމެއް ނުވާކަމަށެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް ރިޝްވަތުގެ ގޮތުގައި އެއްވެސް އެއްޗެއް ދުވަހަކު ވެސް މައުމޫން ދެއްވާފައި ނުވާނެކަމަށެވެ. 

" ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ނަންފުޅު ކިލަނބު ކޮށްލުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެކެވެ." ރައީސް މައުމޫން ނެރުއްވި ބަޔާނުގައިވެއެވެ.

ރައީސް ޔާމީންގެ އެ ވާހަތަކަކީ ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއްކަމަށާއި އެ ވާހަކަތަކާއި ގުޅިގެން ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން މައުމޫން ވިސްނަވަމުން ގެންދަވާކަމަށް މައުމޫންގެ ފަރާތުން ނެރުނު ބަޔާނުގައިވެއެވެ. 

" ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ހަގީގަތެއް އެކުލެވިގެންނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކެމެވެ،" މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ޔާމީން ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ މައްސަލަ ފެންމަތިވުމުން މައުމޫން ހައްޔަރު ނުކޮށް އެ މައްސަލައިގައި މައުމޫން އަރިހަށް ފުލުހުންގޮސް މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ފުލުހުން ގޮސް މޮބައިލް ފޯނު ދިނުމަށް އެދުމުން، ފޯނެއް ނުގެންގުޅުއްވާ ކަމަށް މައުމޫން ވިދާޅުވި ކަމަށް ޔާމީން ވިދާޅުވިއެވެ. 

މައުމޫން ހައްޔަރުކުރުމާއި ހަމައަށް ދިޔައީ ފުލުހުންނަށް ފޯނު ނުދިނުމުން ކޯޓަށް ގޮސް ހޯދި އަމުރެއްގެ ދަށުން ކަމަށާއި އެ މައްސަލާގައި ދިފާއު ބިނާ ކުރައްވަން މައުމޫންއަށް ކޯޓުގައި ފުރުސަތު ލިބިވަޑައިގެންނެވިކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން މައުމޫން ނުކުރައްވާކަންވެސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް