
މި ބަޔާނުގައި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ހާމަކުރި "ގްރޭޓާ އިސްރާއީލް" އާ ބެހޭ ބަޔާންތައް ވަނީ ހަރުކަށިކޮށް ކުށްވެރިކޮށްފައެވެ. މި ބަޔާނުގައި ރާއްޖޭން ވެސް ބައިވެރިވެފައިވެއެވެ.
ބަޔާނުގައި ވަނީ އިސްރާއީލްގެ ކިޔުންކުއްލި މިނިސްޓަރު ބެޒަލަލް ސްމޮޓްރިޗް "އީ1" ސަރަހައްދުގައި ހިޔާވަހިކަން ގާއިމުކުރުމަށް ފާސްކުރި ޕްލޭން އަދި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމާ ދެކޮޅަށް ކުރި ހަރުކަށި ނަސްލުވަދީ ބަޔާންތައްވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުން އިހުތިލާލުކޮށްފައިވާ ފަލަސްތީނު ސަރަހައްދުތަކުގައި އިސްރާއީލްގެ ބާރެއް ނޯންނާނެކަމަށް ފާހަގަކޮށްފައިވެއެވެ.
ބަޔާނުގައި ވަނީ ގައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޝަރުތެއް ނެތި ހުއްދަދިނުމަށާއި، ގައްޒާއަށް ކަނާ އެތެރެކުރުމަށް ހުރި ހުރަސްތައް ވަގުތުން ނިންމާލުމަށް ގޮވާލައިފައެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން ބަދަލުކުރުމާ ދެކޮޅަށާއި، ބައިނަލްއަގްވާމީ މުޖުތަމައުއަށް، ހާއްސަކޮށް އެމެރިކާއަށް، އިސްރާއީލްގެ އަނިޔާވެރިކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލައިފައިވެއެވެ. އަދި 4 ޖޫން 1967 ގެ ސަރަހައްދުގައި އިހުތިލާލުކޮށްފައިވާ އީސްޓް ޖެރޫސަލަމްގައި ވެރިކަންކުރާ ގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައިފައިވެއެވެ.