މިނިސްޓަރު މިފަދައިން ވިދާޅުވީ ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު އެމްއެންޑީއެފްއާ ހަވާލުކޮށް އަދި "ދަރުމަވަންތަ" ނަމުގައި ރަސްމީކޮށް ކޮމިޝަން ކުރުމަށް ރޭ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތުރުކީން ހަދިޔާކޮށްފައިވަނީ މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ.
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވަނީ ސިފައިންނަށް އިލްތިމާސްކުރައްވާ، ނަފްސަށްވުރެ އަބަދުވެސް ގައުމު އިސްކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި "ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން ދިވެހި ސިފައިން އަބަދުވެސް ހިމާޔަތްކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް" އަރުވާކަމަށް ވެސް ވިދާޅުވިއެވެ.