ads
ފްލެޓް އަޅަން ދާ ހަރަދު ރައްޔިތުންނަށް އެނގެންޖެހޭ: ގަފޫރު
ފްލެޓް އަޅަން ދާ ހަރަދު ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށާއި، ދައުލަތުގެ މުއައްސަސާއަކުން އެ މައުލޫމާތުތައް އިތުބާރު ހިފޭ ގޮތެއްގައި ހިއްސާކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
Advertisement

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން، ގަފޫރު ވިދާޅުވީ މިހާތަނަށްވެސް ހިޔާ ފްލެޓުގެ އަގު ރައްޔިތުންނަށް ސާފުކޮށް ނުދެވޭ ކަމަށެވެ.

"އެއް ބޭފުޅަކު 11,000 ރުފިޔާ ޖެހޭކަމަށް ބުނާއިރު އަނެއް ބޭފުޅަކު 7,000 ރުފިޔާ، އަދި އަނެއް ބަޔަކު 4,000 ރުފިޔާގެ ވާހަކަ ދައްކާ" ކަމަށް ގަފޫރު ވިދާޅުވިއެވެ. މިލްކުވެރިކަން ލިބޭ ފްލެޓް އިމާރާތްކުރުމަށް ހިނގި އަސްލު ހަރަދު، އެ ފްލެޓެއްގެ ވެރިފަރާތަށް އެނގެންޖެހޭނެ ކަމަށް ގަފޫރު ވިދާޅުވިއެވެ.

ގަފޫރު އަމިއްލަފުޅަށް ކުރެއްވި ދިރާސާގައި ދެ ކޮޓަރީގެ ފްލެޓެއްގެ އަގުގެ ގޮތުގައި މަހަކު 4,500 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓަކަށް 6,500 ރުފިޔާ ޖެހޭކަމަށް ފާހަގަކުރެއްވިއެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމެންޓެއް އިމާރާތްކުރުމަށް 45,000 ޑޮލަރު އަދި ތިން ކޮޓަރީގެ އެޕާޓްމެންޓަކަށް 57,000 ޑޮލަރު ހަރަދުވާކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުތައް ބަދަލުވެގެންދާއިރު ފްލެޓުތަކުގެ އަގާމެދު ފުށުއަރާ މައުލޫމާތު ދެމުންދާކަން ހިތާމައާއެކު ފާހަގަކުރެވޭކަމަށް ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް