ads
ފްލެޓަށް ޕޮއިންޓް ދޭ ގޮތުގެ ތަފުސީލް އާންމުކުރަންޖެހޭ ގޮތަށް އިސްލާހު ހުށަހަޅައިފި
ބޯހިޔާވަހިކަމަށް ޕޮއިންޓް ދޭގޮތުގެ ތަފުސީލު ހާމަކުރަން ޖެހޭ އިސްލާހެއް ހުށަހަޅައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރާއިރު، އެމީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލް ވެސް އާންމުކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

ބޯހިޔާވަހިކަމުގެ ބިލަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.

ކުޑޫ ހުށަހެޅުއްވީ ސޯޝަލް ހައުސިން ޕްރޮގްރާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ލިސްޓެއް އާންމުކޮށް، އެ ލިސްޓުގައި ސްކީމަކަށް ކުރިމަތިލާ މީހާގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ޝަރުތު ހަމަވެފައިވޭތޯ އާއި ނުވޭތޯ އާއި، ޕޮއިންޓް ލިބުނު ގޮތުގެ ތަފުސީލު އާންމުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށެވެ.

މިދިޔަ އޭޕްރިލް މަހުގެ 22ވަނަ ދުވަހު ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު ހުށަހެޅުއްވި ބޯހިޔާވަހިކަމުގެ ބިލުގައިވާ ގޮތުން، ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންގެ ދަފުތަރެއް އެކުލަވާލަންވާނެ އެވެ. އަދި ދަފުތަރުކުރެވިފައިވާ މީހުންގެ މައުލޫމާތު އާންމުކުރަންވާނީ ޒާތީ މައުލޫމާތު ނުހިމެނޭ ގޮތަށް ކަމަށް، އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ސަރުކާރުން މިހާރު އާންމުކުރާ، ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓް ލިބޭ މީހުންގެ ލިސްޓުތަކުގައި ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ޝަރުތު ހަމަނުވާ ސަބަބުން ބަޔާންކޮށްފައި ހުރެ އެވެ. އެކަމަކު، ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލް އާންމެއް ނުކުރެ އެވެ. ހަމައެކަނި އާންމުކުރަނީ ޕޮއިންޓް ލިބިފައިވާ އަދަދެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ކުރީގެ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމުގެ ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމު ކުރި އިރު ޕޮއިންޓް ދިން ގޮތް ނޭނގޭތީ ބޮޑު މައްސަލަގަނޑަކަށްވި އެވެ. އެ މައްސަލައިގައި ބަޔަކު ހައުސިން މިިނިސްޓްރީއަށް ވަދެ އިހްތިޖާޖު ވެސް ކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް