
އެ އިދާރާއިން އާއްމުކުރި ހިސާބުތައް ދައްކާގޮތުން ދިވެހި ޒުވާނުންގެ އާބާދީގެ ޖުމްލައަކީ 1117،076 އެކެވެ. މީގެތެރޭގައި ގިނައީ ޒުވާން ފިރިހެން ކުދިންނެވެ. ފިރިހެން ކުދިންގެ އަދަދަކީ 60،025 އެވެ. އަންހެން ކުދިންގެ އަދަދަކީ 57،051 އެކެވެ. ހިސާބުތަކުން ދައްކާގޮތުން އަންހެން ކުދިންނަށްވުރެ ގާތްގަޑަކަށް 3000 ފިރިހެން ކުދިން ގިނައެވެ.
ޒުވާނުންގެ މުޅި ޖުމްލަ އާބާދީން 54141 ޒުވާނުން އުޅެނީ ވެރިރަށް މާލޭގައެވެ. ދެން ތިބި ޒުވާނުން މުޅި އަތޮޅުތެރެއަށް ބެހިގެންދާއިރު ޒުވާާނުން އެންމެ ގިނައީ މާލެ އަތޮޅުގައެވެ. މާލެ އަތޮޅުގައި އުޅޭ ޒުވާނުންގެ އަދަދު 8679 އަރައެވެ. ތިންވަނައަށް އެންމެ ޒުވާނުން ގިނައީ ރ. އަތޮޅުގައެވެ. އެ އަތޮޅުގައި ޒުވާނުންގެ އާބާދީއަކީ 5206 އެކެވެ.
ޒުވާނުންގެ އާބާދީ ވަޒީފާ އުޅެނީ 70 އިންސައްތަ ޒުވާނުންނެވެ. ބާކީ ތިބި 30 އިންސައްތަ ޒުވާނުންނަކީ ވަޒީފާއެއް އަދާ ނުކުރާ ނުވަތަ ވަޒީފާގެ ދާއިރާގައި އެއްވެސް ހިއްސާއެއް ނެތް ޒުވާނުންނެވެ.
ވަޒީފާއެއްގައިވެސް ނުޅޭ އަދި މަތީ ތައުލީމުވެސް ހާސިލުނުކުރާ ޒުވާނުންގެ އަދަދަކީ 46.6 އިންސައްތައެވެ. މީގެ ތެރޭގައި ގިނައީ އަންހެން ކުދިންނެވެ. ވަޒީފާއެއްގައިވެސް ނުޅޭ އަދި މަތީ ތައުލީމުވެސް ހާސިލުކުރަން ނުދާ އަންހެން ޒުވާން ކުދިންގެ ނިސްބަތް އުޅެނީ 34.5 އިންސައްތައިގައެވެ.
ވަޒީފާއަށް ދާ ޒުވާނުންގެ ތެރެއިން އެންމެ ގިނަ ޒުވާނުން އުޅެނީ ރިސޯޓް ދާއިރާގައެވެ. ދެން އެންމެ ޒުވާނުން ގިނައީ އެޑްމިނިސްޓްރޭޝަން އަދި ސަލާމަތީ ބާރުތަކުގައެވެ.