ads
ކުރިން މީހަކު ރަހީނުކޮށް އޭނާގެ ބޯބާލަފައިވާ މަންޒަރު:-
ރަހީނުކޮށް އާއިލާއަށް ގުޅައިގެން ފައިސާ ހޯދަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
މާލޭގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށް، އޭނާގެ އާއިލާއިން ފައިސާ އަތުލަން މަސައްކަތްކުރި މައްސަލައެއްގައި ދެ ބިދޭސީއަކު ފުލުހުން ވަނީ ހައްޔަރުކޮށްފިއެވެ.
Advertisement

ހައްޔަރުކުރި ދެ މީހުންނަކީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ، އުމުރުން 37 އަހަރުގެ ސަގިދުލް އާއި މުހައްމަދު އަޒީޒުލްއެވެ. މި ދެމީހުން ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:40 ހާއިރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަޖަހާން ރަހީނުކޮށް، އަނިޔާކުރުމަށްފަހު އޭނާގެ އާއިލާއަށް ގުޅައި ފައިސާ ދިނުމަށް ޑިމާންޑްކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނެވެ. މިކަމާ ގުޅިގެން ފުލުހުން ޝަޖަހާންގެ ފޯނު ނަންބަރުގެ ލޮކޭޝަން ބެލިއިރު، އޭނާ ހުރީ މއ. ރަނައުރާ ގޯޅީގައި ހުރި ތަނެއްގައިކަން އެނގުނެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ޝަޖަހާން އެސްއައި ގެސްޓްހައުސްއިން ނިކުންނަތަން ފެނިފައިވެއެވެ.

ފުލުހުން ކުރި ތަހުގީގުގައި، ޝަޖަހާން ބަންދުކޮށްފައި ހުރި ކޮޓަރިއަށް ވަތްއިރު، އޭނާއަށް އަނިޔާކުރި ކަމަށް ބުނާ ދެ މީހުން އެތަނުގައި ތިބިކަން ފާހަގަކުރެވުނެވެ. މި ދެމީހުންނަކީވެސް ސައްހަ ވިސާ ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. އަޒީޒުލް ފުލުހުންނަށް ބުނެފައިވަނީ ޝަޖަހާން ލައްވާ މަސައްކަތްކުރުވުމަށްފަހު، އެކަމަށް ދޭންޖެހޭ ފައިސާ ނުލިބިގެން އޭނާ ގެނެސް ކޮޓަރީގައި ބަހައްޓައި ގައިގައި ޖަހާފައިވާކަމަށެވެ. ނަމަވެސް ސަދިގުލް ބުނާގޮތުގައި އޭނާއަކީ ޝަޖަހާން ރަހީނުކޮށް އަނިޔާކުރުމުގައި ބައިވެރިވި މީހެ ނޫނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް