
އެންމެ ފަހުން މަރުވި މީހާއަކީ، މި މަހުގެ 15 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ގ. ޒާމިޔާގެ އުމުރުން 48 އަހަރުގެ އަހުމަދު އަފުރާހެވެ. އޭނާ މަރުވެފައިވަނީ މިއަދު ހެނދުނު 05:50 ހާއިރު އަތޮޅުވެހި ބަންދުގެ ހަތް ނަންބަރު ގޮޅީގައި ހުއްޓައެވެ.
ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެތެރޭގެ ތަހުގީގެއް ކުރިއަށް ގެންދާކަމަށް ފުލުހުން ބުންޏެވެ.
މިއީ މިއަހަރު ތެރޭގައި ދެވަނައަށް ފުލުހުންގެ ބަންދުގައި މީހަކު މަރުވި ހާދިސާއެވެ. މީގެ ކުރިން ސެޕްޓެމްބަރު 6، 2024 ގައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އާދަމް އަތުހަރު ބަންދުގައި މަރުވިއެވެ. ފުލުހުން ބުނެފައިވަނީ އަތުހަރު މަރުވެފައިވަނީ ދަންޖެހިގެން ކަމަށް އޭނާގެ އޮޓޮޕްސީގެ ނަތީޖާއިން ދައްކާކަމަށެވެ. ޖަލުގައި މަރުވާ މީހުންގެ އާއިލާއިން ގަބޫލުނުވިޔަސް ޕޯސްޓްމޯޓެމް ހަދަން މީގެ ކުރިން ވަނީ ނިންމައިފައިވެއެވެ.