މާމިގިލީ ބޯޓުޔާޑްގައި އޮތް ގާސިމް އިބްރާހިމްގެ ބޯޓެއްގައި ރޯވެއްޖެއެވެ.

Advertisement
ރޯވެފައިވަނީ ވިލާ ސްޕިންގެ 'ވިލާ ބުރު' ނަމަކަށް ކިޔާ ބޯޓެއްގައެވެ.
އެމްއެންޑީއެފުން ބުނީ އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ދަނގަޑު ބޯޓެއްގެ ވީލްހައުސްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އދ.މާމިގިލި ފަޔަރ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާކަމަށެވެ.
މި ހާދިސާގައި ރޯވި އަލިފާން، އެއްކޮށް ނިއްވާލާފައި ވަނީ މާމިގިލީ އެއާޕޯޓުގެ ފަޔާ ފައިޓަރުންގެ އެހީތެރިކަމާ އެކުގައިކަމަށާއި މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ވިލާ ސްޕިންގެ 'ވިލާ ބުރު' ނަމަކަށް ކިޔާ ބޯޓްގައި ރޯވި އަލިފާން ގަނޑު ނިއްވާލުމުގައި ފަޔާ ފައިޓަރުން މަސައްކަތް ކުރަނީ
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އދ.މާމިގިލި ފަޔާ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު މިއަދު 15:28 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން، ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 15:30 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އެ ބޯޓުގެ ވީލްހައުސް މަތީގައި އިން އެންޓަނާއެއް ގޭސް ކަޓަރަކުން ކަނޑަން އުޅުމުގެ ތެރޭގައިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.