ads
އުރީދޫ ނޭޝަން އިންޓާ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ނިންމާލައިފި
އުރީދޫ ނޭޝަނުން މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންޓާ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
Advertisement

މި މުބާރާތުގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ މުބާރާތްތައް ކުޅުނެވެ. އީއޭއެފްސީގައި 20 ކުންފުންޏަކުން 47 ކުޅުންތެރިންނާއި، އެމްއެލްބީބީގައި 5 ކުންފުންޏަކުން 9 ޓީމުގެ 63 ކުޅުންތެރިންނާއި، ޕަބްޖީ މޮބައިލްގައި 9 ކުންފުންޏަކުން 11 ޓީމުގެ 52 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ޕަބްޖީ މޮބައިލް

• އެއްވަނަ: ޔުނައިޓެޑް ބީއެމްއެލް އެސްޑީއެމްޒެޑް – 5،000 ރުފިޔާ
• ދެވަނަ: އެމްޓީސީސީ – 3،000 ރުފިޔާ
• ތިންވަނަ: މޯލްޑިވްސް ކަސްޓަމްސް ސާވިސް – 2،000 ރުފިޔާ

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)

• އެއްވަނަ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) – 5،000 ރުފިޔާ
• ދެވަނަ: މޯލްޑިވްސް ކަސްޓަމްސް ސާވިސް – 3،000 ރުފިޔާ
• ތިންވަނަ: ބޭންކް އޮފް މޯލްޑިވްސް (ޔުނައިޓެޑް ބީއެމްއެލް) – 2،000 ރުފިޔާ

އީއޭއެފްސީ

• އެއްވަނަ: ޖަނާން މުހައްމަދު – މޯލްޑިވްސް ކަސްޓަމްސް ސާވިސް – 5،000 ރުފިޔާ
• ދެވަނަ: މާހިލް މުހައްމަދު – ޕްރިހާބް ޕްރައިވެޓް ލިމިޓެޑް – 3،000 ރުފިޔާ
• ތިންވަނަ: ހުސެއިން ޔައީޝް – ހިވިން އިންވެސްޓްމަންޓްސް – 2،000 ރުފިޔާ

your image

މިއީ އުރީދޫ ނޭޝަންއިން ބޭއްވި ދެވަނަ އިންޓާ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 

މި މުބާރާތުން ކޯޕަރޭޓް ދުނިޔޭގައި އީސްޕޯޓްސްގެ މަގުބޫލުކަން އިތުރުވުމުގެ އިތުރުން ކުންފުނިތަކުގެ މެދުގައި އެކުވެރިކަމާއި ޓީމް ސްޕިރިޓަށް ވެސް ހިތްވަރު ލިބުނު ކަމަށް އުރީދޫން ބުނެފައިވެ އެވެ.

އުރީދޫ ނޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ދެވަނަ އިންޓާ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕްގެ ސަބަބުން ރާއްޖޭގައި ހަލުވިކަމާއެކު ފުޅާވަމުންދާ އީސްޕޯޓްސްގެ މައިދާނުގައި އޮފީސްތަކުގެ ޓީމްތަކާއި ކުޅުންތެރިން ބައިވެރިކުރުމުގެ ހާއްސަ ފުރުސަތެއް ލިބިގެންދިޔަ އެވެ. މި މުބާރާތާއެކު އީސްޕޯޓްސް މުޖުތަމައުތައް ކުރިއެރުވުމަށާއި ޑިޖިޓަލް މުނިފޫހިފިލުވުމުގެ އުފެއްދުންތެރި ފުރުސަތުތައް ފަހިކޮށްދިނުމަށް އުރީދޫ ނޭޝަން އިން ކުރާ މަސައްކަތް ފެނިގެން ދިޔަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް