ads
ތުޅާދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރާއި ރައީސް ޑރ. މުއިއްޒު
ރައީިސަށް ބާރުދީ، މީޑިއާތައް އުވާލެވޭ ގޮތް ހަދަނީ
ރައީިސަށް ބާރުދީ، މީޑިއާތައް އުވާލެވޭ ގޮތް ހަދާ މީޑިއާތައް ކޮންޓްރޯލްކުރުމަށް އަނެއްކާވެސް ރައްޔިތުން މަޖިލިހަށް ބިލެއް ހުށައަޅައިފިއެވެ.
Advertisement

ނޫސްވެރިކަމާ ބެހޭ ބިލް މަޖިލީހަށް މިފަހަރުވެސް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.  

ސަރުކާރާއި ގާތް ގުޅެމެއް އޮންނަ މެމްބަރު ހަންނާނު މީގެކުރިންވެސް ވަނީ ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅުއްވާފައެވެ. މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލްގެ ނަމުގައި ހުށަހެޅުއްވި އެ ބިލް އަނބުރާ ގެންދެވީ، ނޫސްވެރިންނާއި މީޑިއާތަކުގެ ކަންބޮޑުވުންތައް ފާޅުކޮށް ސަރުކާރަށް ފާޑިކިޔުންތައް އަމާޒުވުމުންނެވެ. 

މިފަހަރު ހުށައެޅި ބިލް 

މި ފަހަރުގެ ބިލަށް ދީފައިވާ ނަމަކީ ލްޑިވްސް މީޑިއ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލުއެވެ. މި ބިލުގައިވާ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެެއް އުފައްދަން ޖެހެއެވެ. 

އެ ކޮމިޝަން އުފައްދަނީ ރައީސުލްޖުމްހޫރިއްޔާއަށް ބާރުތަކެއް ލިބޭ ގޮތަށެވ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަނުކުރާ ތިން މެންބަރުން ކޮމިޝަންގައި ހިމެނޭނެއެވެ. ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. އެ މެމްބަރުންވެސް މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަކިކުރެވޭނެކަމަށް ބިލުގައިވަނީ ހިމަނާފައެވެ.

ބިލުގައިވާ ގޮތުން ކޮމިޝަންގެ ރައީސް އައްޔަނުކުރައްވާނީ ރައްޔިތުން މަޖލީހުގެ ރުހުމާއި އެކު ރަައީސްއެވެ. 

ކޮމިޝަނަށް ދީފައިވާ ބާރުތައް 

  • ކޮމިޝަނުން ރަނގަޅުކުރުމަށް އަންގާ ކަމެއް އިސްލާހުކުރުމަށް އަންގާފައިވާ މުއްދަތުގެ ތެރޭގައި އިސްލާހުނުކޮށްފިނަމަ 5،000 ރުފިޔާއާއި، 25،000އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން
  • މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ
  • މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރުމުގެ ބާރު ލިބޭ
  • ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު ލިބޭ
  • ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭ 

މި ބިލުގައިވާ ގޮތުން ކޮމިޝަނަށް ހުށަހަޅާ ކޮންމެ މައްސަލައެއް ތަހުގީގުކޮށް ބެލުމުގެ ބާރު އެ ކޮމިޝަނަށް ލިބޭއިރު، ކޮމިޝަން އުފައްދާތާ ނުވަތަ ބިލު ތަސްދީގުކުރާތާ އަހަރެއް ކުރިން ހިނގާފައިވާ މައްސަލަތައްވެސް އެ ކޮމިޝަނަށް ބެލޭނެއެވެ.

މީގެ ކުރިން ހަންނާނު ހުށައެޅި ބިލަށް މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔުމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް