
މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓަރު އަބްދުالله ރާފިއުއެވެ. އެމްއޭސީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ.
އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ، ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮ ކަމަށްޓަކައި މުޅި ރާއްޖޭގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ މުހިންމު ވައުދުފުޅެއް ފުއްދެވުމުގައި އެމްއޭސީއެލް ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ.
ސްޕޯޓްސް މިނިސްޓްރީން މިހާތަނަށް ވަނީ 87 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމަށް އެކި ފަރާތްތަކާއި ހަވާލުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރު ހިއްސާވާ ކުންފުނިތައްވެސް ހިމެނެއެވެ.