ads
ރާއްޖޭގައި ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލުން
މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދޭ އުސޫލު ފުރަތަމަ ފަހަރަށް އެކުލަވާލައިފި
ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފި އެވެ.
Advertisement

ރައީސް އޮފީހުން ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށް ޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލެއްވި އުސޫލެއް ކަމަށެވެ. މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު މިއަދު ވަނީ ސަރުކާރު ގެޒެޓުގައި އާންމުކޮށްފަ އެވެ.

މިއަދު ގެޒެޓުކުރި މި އުސޫލުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވެ އެވެ.

މާލީ އެހީ ދޫކުރުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ރަޖިސްޓަރީ ނުވަތަ ލައިސަންސް ހޯދުމަށްފަހު މެދުނުކެނޑި ހިންގާތާ މަދުވެގެން ތިން އަހަރުދުވަސް ވެފައިވުމާއި މީޑިއާގެ ކޯޑް އޮފް އެތިކްސްއާއި އެޑިޓޯރިއަލް ސްޓޭންޑަޑް އާންމުކޮށްފައިވުން ހިމެނެ އެވެ.

މީގެ އިތުރުން ޓެކުހާ ގުޅޭ ގާނޫނެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން އަންނަ ފަރާތަކަށްވުމާއި ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަމުން އަންނަ ފަރާތެއްކަމުގައިވުން ހިމެނެ އެވެ

އެ އުސޫލާއެކު، ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ދެފުށްފެންނަ، ޒިންމާދާރު އުސޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ފައިސާ ލިބޭ މީޑިއާތަކަށް ފައިސާ ދޭނީ ތިން ފަހަރެއްގެ މަތިން ކަމަށާއި ފުރަތަމަ ފަހަރު 50 ޕަސެންޓް އަދި ބާކީ ފައިސާ ދެ ފަހަރެއްގެ މަތިން ދޫކުރެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. ނަމަވެސް މި އަހަރުގެ ފައިސާ އެއްފަހަރާ ދިނުމަށް އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް