ads
ފެރިދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކުރުން
ފެރިދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފި
އެމްޑަބްލިޔުއެސްސީ އިން އއ. ފެރިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްތައް ނިންމާ އިފްތިތާހްކޮށްފި އެވެ.
Advertisement

ފެރިދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ފެރިދޫގައި 5.04 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކޮށް 1.07 ކިލޯ މީޓަރުގެ ޕަންޕިން ލައިނަކާއި، ނަރުދަމާގެ އިދާރީ އިމާރާތަކާއި، 3 ޕަންޕިންގ ސްޓޭޝަނާއި، އެއް ސީ އައުޓް ފޯލްވަނީ އަޅާފަ އެވެ. 

މީގެއިތުރުން އާރުއޯ އިމާރާތަކާއި، ފެން އުފެއްދުމަށް ބަހައްޓާ ޕްލާންޓްތައް އިންސްޓޯލްކޮށް ފެންރައްކާކުރުމަށް 3 ތާނގީވެސް ވަނީ ބަހައްޓާފައެވެ. މިއިމާރާތް ގާއިމްކޮށްފައިވަނީ ކަރަންޓް އުފެއްދުމަށް ސޯލާ ޕެނަލްއާއެކު އެވެ.

މީގެ އިތުރުން، ބޯހޯލް ތޮރުފައި، ޕަންޕިންގ ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން އަޅާ ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނުވެސް ފޯރުކޮށްދީފައި ވެއެވެ. 

ފެރިދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ހައުސިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މިމަޝްރޫއުގެ ޖުމްލަ އަގަކީ 69.33 މިލިއަން ދިވެހި ރުފިޔާ އެވެ. 

މިމަޝްރޫއުގެ ސަބަބުން ފެރިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް