ads
މަތިވެރި އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ތެރެއިން
މަތިވެރި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަަށައިފި
އއ. މަތިވެރީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
Advertisement

އއ. މަތިވެރީގެ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. 

ރައީސް މުއިއްޒު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އއ. މަތިވެރީގެ ބިން ހިއްކުމާއި އެއާޕޯޓް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށި އެކަމަށްޓަކައި މިއަދު ހެނދުނު ހެނދުނާ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރާއި އެމްއޭސީއެލް ގެ އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދާއި މަތިވެރި ކައުސިލްގެ ރައީސް އަހްމަދު އަސްލަމް ބައިވެރިވެވަޑައިގެތެވެ. 

your imageމަތިވެރި އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ތެރެއިން 

އއ. މަތިވެރީގެ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އެމްއޭސީއެލް އާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ރޭގައެވެ. 

ރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި މަތިވެރި އެއާޕޯޓަށް އިންވެސްޓްކޮށް، އެ ތަން ހިންގައި ހުރިހާ ކަމެއް ބަލަހައްޓާނީ ވެސް އެމްއޭސީއެލުންނެވެ.

މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް