
މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ މިހާރު ރައީސް ޑތ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވާ ޒިޔާރަތުގައި މަތިވެރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް މުއިއްޒުވެސް ބައިވެރިވެޑައިގެންނެވި މި ރަސްމިއްޔާތުގައި މަތިވެރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ އަޅުއްވާދެއްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތާރިގް އިބްރާހީމާއި، އެ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރާއި އެމްޓީސީސީގެ އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީއާއި މަތިވެރި ކައުސިލްގެ ރައީސް އަހްމަދު އަސްލަމް ބައިވެރިވެވަޑައިގެތެވެ.
މަތިވެރީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ އެޅުމުގެ ތެރެއިން
މަތިވެރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހަ މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް 1.06 މިލިޔަން ރުފިޔާއަށެވެ.
މިމަޝްރޫއުގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒު މަރާމާތުކުރުމާއ،ި ކުނީގެ ގޮތުގައި އުކާލެވޭ ނުރައްކާތެރި ކުނި ރައްކާކުރާނެ ތަނެއް ހެދުމާއ،ި ވެއާ ހައުސްއެއް ހެދުމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތަކާއި މިހާރު ހުރި ބައުންޑަރީ ފެންސް މަރާމާތުކުރުން ހިމެނޭކަމަށް ސަރުކާރުން ބުނެއެވެ.