
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުފުޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ބޮޑުފުޅަދޫ އަށް ދިމާވެފައިވާ ބޯހީޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަންނަ އަހަރު 50 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތުން އެ މަޝްރޫއު އަންނަ އަަރުގެ ބަޖެޓުގައި ހިމަނާ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ބޮޑުފޮޅުދޫއަށް ކުރިން ހިއްކާފައިވާ 4 ހެކްޓަރުގެ ބިން ރަށު ކައުންސިލާ ހަވާލުނުކޮށް އޮތުމުން އެތަން ބޭނުންނުކުރެވި ހިމާޔަތްވެސް ނުކުރެވި އޮތްކަން ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެކަމުގައި ދިމާވެފައިވާ މައްސަލަ ހައްލުކޮށް، އެ ބިން ރަށު ކައުންސިލާ ހަވާލުކުރުމަށް ނިންމަވާފައިވާކަން ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެތަން ހިމާޔަތްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.